ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޭލެވެލް ހަދާ ސެންޓަރު ހުރި ރަށަށް ދާން އެދެފި

ކުރިއަށް އޮތް އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން، އާދިިއްތަ ދުވަހުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދާން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން އެދެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ވަނީ ނިންމާފަަ އެވެ. މާޗް މަހު އިއުލާން ކުރި މި ނިންމުމާ ގުޅިގެން ގިނަ ދަރިވަރުންނެއް އާއިލާއާއެކު ވަނީ ރަށަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ކޮވިޑް އާ ގުޅިގެން މާލީ ދަތިތައް ކުރިމަތިވި އާއިލާތައްވެސް ހިމެނެ އެވެ.

ޑީޕީއޭ އިން މިއަދު ބުނީ، ކޮވިޑް އާ ގުޅިގެން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަަށުގައި ތިބި ދަރިވަރުން މި އަހަރު އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށް އެ ކެނޑިޓޭޓަކު އިމްތިހާނު ހަދާ ސެންްޓަރު ހުރި ރަށަށް ދިއުމަށް އެދޭ ކަމަށެވެ. އަންނަ އާދިއްތަ 27 ސެޕްޓެމްބަރުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދިއުމަށް ވަނީ ދަރިވަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް19 ގެ ބަލި މާލެ ސިޓީގައި ފެތުރެމުންދާތީ، މާލޭގެ ސްކޫލްތައް ބަންދުކުރިތާ ހަ މަހަށް ވުުރެ ގިނަ ދުވަސްވެއްޖެ އެވެ. ޖޫން މަހު ހުޅުވައިލި ނަމަވެސް ހާލަތު ގޯސްވުމުގެ ސަބަބުން އަލުން ވަނީ ބަންދު ކޮށްފަ އެވެ. މި މުއްދަތުގައި އޭލެވެލް ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމަށްޓަކައި އެކްސްޓްރާ ކްލާސްތަކެއް ސްކޫލުގައި ދަނީ ބާއްވަމުންނެވެ. މި ދަރިވަރުން ސްކޫލަށް ގެންނަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ.

މި އަހަރު ބާއްވާ އޭލެވްލް އިމްތިހާނުގައި ސްކޫލް ސެންޓަރުުތަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން 1529 ދަރިވަރުން ބައިވެރިވެ އެވެ. އެއީ މާލެ އާއި އަތޮޅުތަކުގެ ތެރެއިން 37 ސްކޫލް ސެންޓަރުން ބައިވެރިވާ ދަރިވަރުންނެވެ.