އިންޑިއާ

އެކުވެރިއަކު ބޭނުންވާއިރު އިންޑިއާ އޮވޭ: ރައީސް

Sep 20, 2020
1

ރާއްޖެ އެކުވެރިޔަކަށް ބޭނުންވާ ކޮންމެ ފަހަރަކު ކައިރީގައި އަބަދުވެސް އިންޑިއާ އޮންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން ކުރިން ސުރެ އިއުލާންކޮށްފައިވާ 250 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ލިޔުން މިއަދު ހަވާލު ކުރުމުން ޓްވީޓެއް ކުރައްވައި ގެނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާ އޮންނަ ކަމަށާއި އެމަނިކުފާނުގެ ސަރުކާރާއެކު އިންޑިއާއިން ދޭން ފެށި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އިންޑިއާ ބޭންކް، އެސްބީއައި މެދުވެރިކޮށް ރާއްޖެއަށް ދިން 250 މިލިޔަން ޑޮލަރުގެ ލޯނަކީ އިންޑިއާއިން އަނބުރާ ދެއްކުމަށް ލުއި ގޮތެއް ހަދައިދޭ ލޯނެކެވެ. އެސްބީއައި މެދުވެރިކޮށް އެ ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.