ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑުގައި އިތުރު މަރެއް، އަދަދު 34 އަށް

Sep 21, 2020

ރާއްޖޭގައި ކޮވިޑް ޖެހިގެން 90 އަހަރުގެ ދިވެއްސަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނި ގޮތުގައި މަރުވީ ކޮވިޑް-19 ޖެހިގެން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި ދޮށީ އުމުރުގެ ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 1:30 އެހާކަންހާއިރު އެވެ.

އުމުރުން ދުވަސްވެފައިވާ އެ މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 34 އަށް އެރީ އެވެ.

ކޮވިޑްގައި އިތުރު މީހަކު މަރުވި އިރު ރާއްޖައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ތިރިވާން ފަށާފަ އެވެ. އާދަވެ ބާއްވާ ޕްރެސް ކޮންފަރެންސްތަކުގެ ތެރެއިން ރޭ އާންމު ކުރި 24 ގަޑިއިރުގެ ހިސާބުތަކުގައިވާ ގޮތުން ވެސް އެ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 75 މީހަކެވެ. އެއީ ކޮވިޑްގެ ފުލް ލޮކްޑައުން އަށް ފަހު ސެމީ ލޮކްޑައުންއަކާ ހަމައަށް އައި ފަހުން މިދިއަ ދުވަސްތަކުގައި އެންމެ މަދުން ރާއްޖެއިން އެންމެ މަދުން މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހަށް ވެސް ވެފައި ވެއެވެ.

  • ރާއްޖޭގެ ޕޮޒިޓިވް އަދަދު: 9,724
  • ރާއްޖެއިން ރަނގަޅުވި އަދަދު: 8،261
  • ރަނގަޅު ނުވެ ތިބި އަދަދު: 1،424 މީހުން
  • މިވަގުތު ހޮސްޕިޓަލްގައި 107 މީހަކު
  • އަތޮޅުތަކުގެ 24 ރަށެއްގައި 50 މީހަކު ބަލިޖެހިފައި
  • 26 ރިސޯޓެއްގައި 15 ފަތުރުވެރިން، 39 މުވައްޒިފުން ބަލީގައި

އިއްޔެގެ އިރު އޮއްސުމާ ހަމައަށް ހުރި ސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 72 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ތިން މީހުނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޕޮޒިޓިވް އަދަދު ވަނީ 9,724 އަރާފަ އެވެ. ރަނގަޅުވި އަދަދަކީ 8،261 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،424 މީހުންނެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 107 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ތެރޭގެ 24 ރަށެއްގައި 50 މީހަކަށް ބަލިޖެހިފައި ވެއެވެ. އަދި 26 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 39 މުވައްޒިފުންނަށް ވެސް ބަލިޖެހިފައި ވެއެވެ.