ކުރެންދޫ

ކުރެންދޫ ނަރުދަމާ އިފްތިތާހުކޮށްފި

Sep 21, 2020

ޅ. ކުރެންދޫގައި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމައި އިފްތިތާހުކޮށްފި އެވެ.

ކުރެންދޫ ނަރުދަމާގެ މަސައްކަތަކީ ޕްލޭނިން މިނިސްްޓްރީން 29 މިލިޔަން ރުފިޔާއަށް ފެން ކުންފުންޏާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.

މި މަޝްރޫގައި 6،000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކަކާއި 720 މީޓަރުގެ ޕަންޕިން ލައިނަކާއި ދެ ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ އިމާރާތެއް ވެސް އަޅާފައި ވެއެވެ.

އަދި މި މަޝްރޫޢުގެ ދަށުން ކުރެންދޫގެ 366 ގެއެއްގައި ޖަންޝަން ބަހައްޓައި، އެ ގޭގެއަށް ނަރުދަމާގެ ކަނެޝަން ވަނީ ގުޅައިދީފަ އެވެ. ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރާއި ވެހިކަލް މި މަޝްރޫއުގެ ދަށުން ފޯރުކޮށް ދޭނެ އެވެ.