ހަބަރު

ޔޫކޭއިން ވަޑައިގެން ނަޝީދު ކަރަންޓީނަށް

Sep 22, 2020
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ނަޝީދު އެނބުރިވަޑައިގެންނެވުމުން މިހާރު ހުންނެވީ ކަރަންޓީނުގައި ކަމަށް މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.

ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ މިދިއަ މަހުގެ 28 ވަނަ ދުވަހެވެ.

އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިންނެވިއިރު މަޖިލީހުގެ ދައުރު އިތުރުކުރުމުން ޖަލްސާތައް ނުނިމެ އެވެ.

އެމަނިކުފާނު އެންމެ ފަހުން ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިންނެވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އެފަހަރު ނަޝީދު ވަޑައިންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށެވެ.