ދުނިޔެ

ކުރީގެ ހަނގުރާމަވެރި ލީޑާ ބޯގަންވިލޭގެ ރައީސް ކަމަށް

ޕަޕުއާ ނިއުގިނީގެ އިދިކޮޅު ހަނގުރާމަ ވެރީންގެ ކުރީގެ ކޮމާންޑާ އިސްމާއިލް ޓަރޯމާ، ޕަޕުއާ ނިއު ގިނީން ވަކިވެ ގަތުމަށް އުޅޭ ސަރަހައްދެއް ކަމުގައިވާ ބޯގަންވިލޭގެ ރައީސް ކަަމަށް ގެނައުމަށް ނިންމައިފި ކަމަށް އެ ސަރަހައްދު ގެ އިލެކްޓޯރަލް އޮފިޝަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.

ބޯގަންވިލާ އަށް މިނިވަން ކަން ހޯދަން ކުރާ މަސައްކަތުގައި މީގެ ފަހުން އިސްކޮށް އުޅުއް ވާނީ ޓަރޯމާ އެެވެ. ބޯގަންވިލާ ގައި ބޭއްވި އިންތިހާބަކީ މިދިޔަ އަހަރުގެ ފަހު ކޮޅު ޕަޕުއާ ނިއު ގިނީގެ ދަށުން އެ ސަރަހައްދު މިނިވަން ވުމަށް ލި ވޯޓުން ލިބުނު ބޮޑު ކާމިޔާބަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.

ބޯގަންވިލާ އަކީ ދެކުނު ޕެސިފިކް ކަނޑު ގައި ގުދުރަތީ ގޮތުން އެކި މައުދަން ތަކުން މުއްސަނދި ވެފައިވާ ރައްތަކެއްގެ މައްޗައް އެކުލެވިފައިވާ ޕަޕުއާ ނިއުގިނީ ގެ ސަރަހައްދެކެވެ. މި ސަރަހައްދުގައި ހިނގި 10 އަހަރަށް ދިގު ދެމިގެން ދިޔަ ދާހިލީ ހަނގުރަމަ ނިމުނީ 1998 ވަނަ އަހަރު ގައެވެ. ޢޭގެ ފަހުން މި ސަރަހައްދަށް މާބޮޑު ތަރައްގީއެއް އައިސްފައެއް ނުވެ އެވެ.

މި ސަރަހައްދުގައި ހިނގި ދާހިލީ ހަނގުރާމައިގައި ވަނީ 20000 މީހުން މަރުވެފައި ވެއެވެ. ދިގު ދެމިގެން ދިޔަ ދާހިލީ ހަނގުރާމަ ފެށެން މެދުވެރިވީ ޕެންގުނާމައިން އިން ލޮޔާއޮ ރަން ފެނުމާއި ގުޅިގެން އެތަނުން ލިބޭ ފައިސާ ގެ ބޮޑު އާމްދަނީ ބަހާނެ ގޮތަކާއި މެދު ހިޔާލު ތަފާތުވުމާއި އަދި މި މައިންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ގުޅިގެންނެވެ.

ޕެންގުނާމައިން ވެފައި ވަނީ ޕަޕުއާ ނިއު ގިނީ އާއި ދުނިޔޭގައި ވެސް އެންމެ ބޮޑު ލޮއިގެ ރިޒާވް އޮތް އެއް ތަނަށެވެ. އަންދާޒާ ކުރެވޭ ގޮތުގައި އެތާނގައި އެއް ބިލިއަން ޓަނުގެ ލޮއިގެ ރިޒާވަކާއި ބާރަ މިލިއަން އައުންސްގެ ރަނުގެ ރިޒާވެއް އެވެ.

ޓަރޯމާއަކީ ބޯގަންވިލާ ގެ ރިވޮލިއުޝަނަރީ އާމީގެ ކުރީ ގެ ކޮމާންޑަރެވެ. ފަހުން އޭނާ މަސައްކަތް ކުރައްވާފައި ވަނީ ހަނގުރާމަ ވެރިން އަތުން ހަތިޔާރު އަތުލުމުގެ މަސައްކަތާއި ސުލްހައިގެ މަސައްކަތެވެ. އިންތިހާބު ގައި ޓަރޯމާއަށް ލިބިވަޑައިގެންނެވި ކާމިޔާބަކީ ޕަޕުއާ ނިއު ގިނީގެ ސަރުކާރާއި ވަކިވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ޕަޕުއާ ނިއުގިނީ ގެ ރައީސް ޖޯން މޮމިސްގެ ތާއީދު ލިބިވަޑައިގެންފައިވާ ކެންޑިޑޭޓް ބޯގަންވިާ ގެ އިންތިހާބުން ވަނީ ބޭރުކޮށްލާފަ އެވެ.