އެޑްވަޓޯރިއަލް

އެމްވީ އެކްސްގެ ހަދިޔާ: ޒުވާނުންނަށް ސައިކަލް

Sep 29, 2020

ވިޔަފާރީގައި ތަޖުރިބާކާރު ޓީމެއް ހިމެނޭ "އެމްވީ އެކްސް" މި ފަހުން އައީ ބާޒާރު ދުޅަހެޔޮ ކޮށްދޭ މީރު ބާވަތް ތަކާއެކުގައެވެ. އެކަންވީ ގިނަ ބަޔަކު ބަލައިގަތް ކަމަކަށެވެ. އެ ކުންފުންޏަށް ހިތް ޖެހުނު ކަމަކަށެވެ. މި ފަހަރު އެ ކުންފުނިން މި އައީ ޒުވާނުން އެންމެ ބޭނުން ވާނެ ހަދިޔާ ހިފައިގެންނެވެ. އެ ކުންފުނިން ރާއްޖެ އަށް މި ވަނީ ހޮންޑާގެ ރީތި ހިތްގައިމު މޮޅު ސައިކަލް ތަކެއް ގެނެސްދީފަ އެވެ. ސައިކަލް ތަކަށް ހާއްސަ ޝޯރޫމެއް ހުޅުވުމަށް ތައްޔާރުވާއިރު މިހާރު ވެސް މި ސައިކަލްތައް އެ ކުންފުނިން ދަނީ ވިއްކަމުންނެވެ. މިހާރު ވެސް މި ސައިކަލްތައް ނެގުމުގެ މަގު ވަނީ ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ފަހިވެފަ އެވެ.

އެމްވީ އެކްސް އިން ރާއްޖެ ގެނެސްފައިވާ ހޮންޑާގެ 110 އާއި 125 އަދި 150 ސީސީގެ ސައިކަލްތަކުގެ އަގުތައް މާކެޓާ ވާދަ ކުރެވެ އެވެ. ނަމަވެސް އެ ކުންފުނީގެ މިފަހަރު އެންމެ ހާއްސަ ކަމަކީ ޒުވާނުން ބޭނުންވާ ކުލައިގެ ސައިކަލް ގެނެސް ދިނުމެވެ. ހޮންޑާ 125 ސީސީގެ ބްލެކް އެޑިޝަން އާއި 150 ސީސީގެ ސްޕެޝަލް އެޑިޝަން އެ ކުންފުނިން ދަނީ ވިއްކަމުންނެވެ. މީގެތެރޭގައި އަންހެން ކުދިންނަށް ހާއްސަ ތިރި ރީތި ސައިކަލްއެއް ކަމަށްވާ 110 ސީސީގެ "ވިޝަން" ވެސް ހިމެނެ އެވެ. މިއީ ޒުވާން އަންހެން ކުދިން އެންމެ ހިތް ކިޔާ މޮޑެލް އެކެވެ. މި ސައިކަލްގެ އެންމެ ހިތްގައިމު ކަމަކީ ބަލައިލަން ރީތިވެފައި ލުއިވުމެވެ. މީގައި ދުއްވާލާފައި ދާއިރު މާލެ ފަދަ މަގުތައް އަޑި ގުޑަން ތަނެއްގައި ދުއްވޭ ގޮތަށް މި ސައިކަލްގެ ސިސްޓަމްތައް
ވަނީ ތައްޔާރުވެފައެވެ. މީގެ ކޮންފަޓަބަލް ކަމެވެ.

މި ވަރުން ނިމުނީއެއް ނޫނެވެ؛ އެމްވީ އެކްސްގައި ހޮންޑާ ޕީސީއެކްސް ހައިބްރިޑް ސައިކަލް ވެސް މިހާރު ލިބެން އެބަހުއްޓެވެ. މިއީ ވެސް ހުރިހާ އުމުރުފުރާތަކެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ.

މޮޅު ސައިކަލް ތަކެއް ގެނެސް ދިނުމުގެ އިތުރުން އެމްވީއީއެކްސް އިން މި ވަނީ މި ސައިކަލް ތަކަށް ހާއްސަ ޕްރޮމޯޝަނެއް ވެސް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ ސައިކަލަކުން 2،000ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މިއީ ޒުވާނުންނަށް ލިބިގެން ދާނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. މިކަން ވާނީ އެމްވީއެކްސް އިން މި ދުވަސް ވަރަށް ދޭނެ ހަދިޔާ އަކަށެވެ.