މަސްތުވާތަކެތި

ހިރިމަރަދޫ ފެނަކަ ސުޕަވައިޒަރު ޑުރަގާއެކު ހައްޔަރުކޮށްފި

ހދ. ހިރިމަރަދޫ ފެނަކަ ބްރާންޗުގެ ސުޕަވައިޒަރު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި އެވެ.

ހިރިމަރަދޫ ކައުންސިލް މެމްބަރު ހުސައިން ފިރާގު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު ފެނަކަ ބްރާންޗުގެ ސުޕަވައިޒަރު އިއްޔެ ހަވީރުގެ ވަގުތެއްގައި މަސްތުވާތަކެއްޗާއެކު އެއަތޮޅު ކުޅުދުއްފުށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހާ އަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ ކައުންސިލަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓެކެވެ.

ފުލުހުން ބުނީ ފުލުހުނ ްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.