ވިޔަފާރި

އުރީދޫން "ބިގް ޑިވައިސް ސޭލް" ފަށައިފި

Sep 25, 2020

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީން "ބިގް ޑިވައިސް ސޭލް" ގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއިއެކު މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ އެވެ.

ކޮވިޑާއެކު މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލްކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާއެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން ވަނީ އިތުރުވެފަ އެވެ. މޫލީގެ ބިގް ޑިވައިސް ސޭލަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަން އެކެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިމަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި އެޕަލް ވޮޗް އާއި އެއާޕޮޑްސް އަދި ސެމްސަންގް އަދި އޮޕޯގެ މަގްބޫލް ފޯނުތައް ގަނެވޭނެ އެވެ. ޕްރޮމޯޝަންގެ ދަށުން ލިބެން ހުރި ޑިވައިސްތައް މޫލީ ޕްލެޓްފޯމްގައި "ބިގް ޑިވައިސް ސޭލް" ސެކްޝަނުން 15 ޕަސެންޓް ޑިސްކައުންޓާއެކު ގަނެވޭނެ އެވެ.

ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް އީޒީ ރިޓާންސް ދިނުމުގެ އިތުރުން މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ކޮށްދެ އެވެ.