ދުނިޔެ

ޔުކެރޭންގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 22 މީހުން މަރު

Sep 26, 2020

ޔުކްރޭނުގެ އަސްކަރީ މަތިންދާ ބޯޓެއްގައި އަލިފާން ރޯވެގެން ވެއްޓި 22 މީހަކު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގީ އެ ގައުމުގެ އަސްކަރިއްޔާގެ ކެޑޭޓް ތަމްރީނުތަކެއްގެ ތެރޭގަ އެވެ. އެންޓޮނޮވް އެން-26 މަރުކާގެ މަތިންދާ ބޯޓު ވެއްޓިފައި ވަނީ ޔުކްރޭން އިރު އުތުރުގެ ސަރަހައްދުން ޗުހުއިވް އަވަށުގެ ހައިވޭއެއްގެ ކައިރިއަށެވެ.

ޔުކްރެއިނުގެ ސިފައިންގެ ލަޝްކަރުގެ ވެރިޔާ ރުސްލާން ހޮމްޝަކާ ހަވާލާދީ މީިޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ތަމްރީނު ތަކުގައި 27 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓުގައި އަލިފާން ރޯވެގެން ވެއްޓުނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި 22 މީހުން މަރުވެފައިވާއިރު ދެ ޒަހަމް ވެސް ވި އެވެ. އަދި އެ ސަރަޙައްދުގައި މީހުން ސަލާމާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރައީސް ލަޑީމިއާ ޒެލެންސްކީގެ އެންގެވުމަށް މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ވަނީ ފަށާފަ އެވެ.