މޯލްޑިވްސް ޕޮލިސް ސާވިސް

ކުއްތާ ބޭނުންކޮށްގެން ފުލުހުން އޮޕަރޭޝަނެއް ހިންގަނީ

ކުއްތާ ބޭނުންކޮށްގެން ފުލުހުން އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮޕަރޭޝަނެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ކުރިއަށްދާ ކަމަށެވެ. އެ އޮޕަރޭޝަންގައި ފުލުހުންގެ ޑްރަގް އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުންދާ ކުއްތާތައް ބޭނުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ. އޮޕަރޭޝަންގެ އިތުރު ތަފްސީލެއް ނުދެއެވެ. އަދި އޮޕަރޭޝަންގައި ބޭނުން ކުރަމުން ދަނީ ކިތަށް ކުއްތާކަމެއްވެސް ނުބުނެއެވެ.

އެނގިފައިވާ ގޮތުގައި އެމްޕީއެލްގައި ކުރިއަށް ގެންދަނީ ފުލުހުންގެ ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން އެމްޕީއެލްގެ ކޮމެންޓެއްވެސް ލިބިފައެއް ނުވެއެވެ.