ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ކޮޗިން ފެރީން ރާއްޖެއަށް ކުރިއެރުން އަންނާނެ"

އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި، ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮޗިން ފެރީގެ ނަމުގައި ފަށާ ގޮތަށް ވާހަކަ ދެއްކުމަށްފަހު މިއަދު ދަތުރުތައް ފެށި ކާގޯ އުފުލާ ބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ ގެނެސްފައި ވަނީ ދެ ކޮންޓެއިނާގެ މުދަލެވެ.

އެ ހިދުމަތް ފެށުން ފާހަގަކޮށް ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތުރުތަކާއެކު ރާއްޖެ-އިންޑިއާ ގެ ގުޅުން ވަރުގަދަ ވެގެން ދާނެ ކަމަށެވެ. އަދި ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ. މުދާ އުފުލާ ބޯޓު މިއަދު ބަނދަރުކޮށްފައި ވަނީ ދެ ކޮންޓައިނާ އެވެ. ބޯޓުގައި ހުރީ ގާތްގަނޑަކަށް 500 ޓަނުގެ މުދަލެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ދަތުރު ކުރަނީ އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އެވެ. ގައުމީ ޝިޕިން ކުންފުންޏެވެ.