މަނަދޫ

އުރީދޫ ސުޕަނެޓް މަނަދޫއަށް

Sep 27, 2020
1

އުރީދޫ މޯލްޑިވްސްގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ނ. މަނަދޫއަށް ދީފި އެވެ. މި ހިދުމަތް ދިނީ 100 އެމްބީޕީއެސްގެ ހަލުއި ސްޕީޑާއެކު އެވެ.

އުރީދޫ މޯލްޑިވްސް އެކްޓިންވް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި އުރީދޫން އަބަދު ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި މީހުނަށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ދޭށެވެ. އަދި އެއީ އެންމެ މުހިންމު މަސައްކަތް ކަމުގައި ބަލައިގެނެވެ.

އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުއި ސްޕީޑާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް މަނަދޫއަށް ފޯރުކޮށްދީފައި ވާނެ އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން."

އުރީދޫން ދާދި ފަހުން ވަނީ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ.