ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް ސިއްހީ ސާމާނުގެ އެހީ އެއް ދީފި އެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެެއްޗާއި ހަވާލުވެވަޑައިގަތީ އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމެވެ. ތަކެތި ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗުއޯގެ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯ އިން ހަދިޔާކުރީ ދެ އައިސީޔޫ އާއި ދެ ލެބޯޓަރީ ސެޓްއަޕްގެ އިތުރުން ޕީޕީއީ ސާމާނުވެސް ހިމެނެ އެވެ. މީގެ އިތުރުން، ހުޅުމާލެ މެޑިކަލް ފެސިލިޓީ އަަށް ބޭނުންވާ ބައެއް ބޭހާއި ކޮވިިޑް ފެސިލިޓީތަކަށް ބޭނުންވާ ވޭސްޓް މެނޭޖްމަންޓް ސާމާނު ވެސް ހަދިޔާ ކުރި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ވެސް ރާއްޖެ އަށް ތަކެތި ހަދިޔާކޮށްފައިވާއިރު އޭގެ ތެރޭގައި ވެސް ލެބޯރެޓަރީ އާއި އައިސީޔޫގައި ބޭނުންކުރާ ސާމާނު އަަދި ޕީޕީއީ ކިޓުތައް ހިނެމެނެ އެވެ.
ރާއްޖެއިން ކޮވިޑް-19 ބައްޔާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.