އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓެއް، ޒުވާނަކަށް އަނިޔާ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

މިއަދު އިރުއޮއްސުނު ވަގުތު ހިނގި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނަކަށެވެ. ހުޅުމާލޭގައި ހުންނަ "ރެޑްވޭވް" ފިހާރައިގެ ކުރި މަތީން މި އެކްސިޑެންޓް ހިނގާފައި ވަނީ ޓްރަކަކާއި ސައިކަލެއް ޖެހިގެނެވެ.

ފުލުހުން ބުނި ގޮތުގައި ޓްރެކް ދުއްވަން އިނީ ބިދޭސީއެކެވެ. އެ މީހާ އާއި ސައިކަލް ދުއްވަން އިން ޒުވާނާގެ އަތުގައި ވެސް ލައިސަންސެއް ނެތެވެ.

އެކްސިޑެންޓްގައި ޒުވާނާއަށް އަނިޔާވުމުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ. އޭނާ ދުއްވި ސައިކަލަށް ވަރަށް ބޮޑެތި ގެއްލުން ވެފައި ވެއެވެ.