ބޮޑުފޮޅުދޫ

ބޮޑުފޮޅުދޫ މަދަހަ މުބާރާތުގެ އިނާމު ދީފި

Sep 28, 2020
1

މިދިއަ ބޮޑު އީދުގައި އއ. ބޮޑުފޮޅުދޫގައި އީދުގެ ހަރަކާތް ފާހަގަ ކުރަން އެ ރަށު އާރްބީޖީ ސްޕޯޓްސް އާއި ޔަންގްޕްލޭއާސް ސްޕޯޓްސް އިން ބޭއްވި މަދަހަ މުބާރާތް، ''ރަންއަޑު މަދަހަ'' އިގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ދީފި އެވެ.

މިދިއަ ހުކުރު ދުވަހުގެ ރޭ ބޮޑުފޮޅުދޫ ބަނދަރު ސްޓޭޖްގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމް ދީފަ އެވެ.

ސޯޅަ އަހަރުން މަތީގެ ގްރޫޕް މަދަހައިގެ އެއްވަނަ ހޯދާފައިވަނީ ބޮޑުފޮޅުދޫ ސްކޫލްގެ އަންހެން މުވައްޒަފުންގެ ޓީމެވެ. އަދި މި މުބާރާތުގެ 16 އަހަރުންމަތީ އެއްވަނަ ހޯދައިގެން "ރަން އަޑު'' ގެ އިނާމް ލިބިފައިވަނީ ސަމްސީދާ އަހުމަދެވެ.