ބޭރު ކުޅިވަރު

ނަތީޖާ ނެރެން އުސޫލު މުގުރާލަން އާޓެޓާ ތައްޔާރު

ޕްރިމިއާ ލީގްގެ ބޮޑެތި ކުލަބުތަކާ ދެކޮޅަށް ނަތީޖާ ނެރުމަށްޓަކައި، އާސެނަލްއިން ގަބޫލުކޮށް ދަމަހައްޓާ އުސޫލު މުގުރާލަން ވެސް ތައްޔާރަށް ހުރި ކަމަށް އާސެނަލްގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

ޕްރިމިއާ ލީގްގައި މިރޭ އާސެނަލް ނުކުންނާނީ، ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ. އެންފީލްޑްގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އާސެނަލް ކޮޅަށް ވަނީ ފަސް ލަނޑު ވަދެފަ އެވެ. އެހެންނަމަވެސް އާޓެޓާގެ ކޯޗް ކަމުގެ ދަށުން އާސެނަލްއިން ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި ޖުލައި މަހު ލިވަޕޫލް ބަލި ކޮށްފަ އެވެ. އަދި މިދިޔަ މަހު ކޮމިޔުނިޓީ ޝީލްޑްގައި ޕެނަލްޓީ ޖަހައިގެންވެސް ލިވަޕޫލް ބަލި ކުރި އެވެ.

މަޝްހޫރު އާސެން ވެންގާގެ ދައުރުން ފެށިގެން އާސެނަލް އިސްކަން ދެނީ، ޕޮޒެޝަން ފުޓްބޯޅައެއް ކުޅެ ނަތީޖާ ނެރުމަށެވެ. އެހެންނަމަވެސް ބޮޑެތި ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެން އާޓެޓާ ހުރި އެކަންވެސް ގުރުބާން ކުރާށެވެ. ލިވަޕޫލް އަތުން ކުރިން މޮޅުވި ދެ މެޗުގައިވެސް އާސެނަލްގެ ބޯލް ޕޮޒެޝަން ރޭޓް އުޅެނީ ދަށުގަ އެވެ. މިރޭގެ މެޗުގައިވެސް އާޓެޓާ ހުރީ ގޭމް އެގޮތަށް ކުޅެން ތައްޔާރަށެވެ.

"މިއީ ބައެއް ފަހަރު ކޯޗެއްގެ ގޮތުގައި ކުރަން ޖެހޭނެ ކަމެއް، ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ކުޅުންތެރިންގެ ފެންވަރަށް ބަލައި ކުރެވޭނެ ކަމެއް،" އާޓެޓާ ބުންޏެވެ. "އެކަހަލަ މެޗުތަކަކީ ވަރަށް ގިނައިރު ވަންދެން ފަހަތަށް ފާބައިގެން ތިބެ ޑިފެންސް ކުރަން ޖެހޭނެ މެޗުތަކެއް، ނަމަވެސް އަހަރެމެން ޖެހޭނެ ނަތީޖާ ނެރުމަށްޓަކައި ހާލަތު ތަކެއް ހޯދަން."

"އަހަރެން މި މަގާމުގައި މިހުރީ މޮޅުވުމަށްޓަކައި، އަހަރެން މިތާން މި ހުރީ މޮޅުވުމަށްޓަކައި ހޯދަން ޖެހޭ ގޮތެއް ހޯދަން، ވަރަށް ތާފަތު އެއްޗެއް އަހަރެން ހުށަހާޅާނަމަ އަހަރެމެން ޓީމުން މިހާރު އެކަން ހާމަ ކުރާނެ، އަހަންނަކަށް ހީއެއް ނުވެ އަހަރެން މިގޮތް މި ނިންމަނީ އަހަރެމެންގެ ކުލަބަށާއި ކުޅުންތެރިން ބޭނުންވާ ގޮތަކަށް ހެނެއް، އަހަރެމެން އަތުގައި ތިބި ކުޅުންތެރިންނަށް އަހަރެމެންގެ ގޭމް ޕްލޭން ބަދަލު ކުރެވޭނެ."

އޮލިމްޕިކް ލިޔޯން އިން އާސެނަލް އަށް ބަދަލުވނެ ކަމަށް ބެލެވޭ ހޫސެމް އައުއާ އާއެކު އާސެންލަގެ ގޭމަށް ބަދަލު އަންނާނެ ކަމަށް އާޓެޓާ އުންމިދު ކުރެ އެވެ.