މަސްތުވާތަކެތި

ޑުރަގާއެކު ހަތަރު ރަށަކުން ހަ މީހުން ނަގައިފި

Sep 29, 2020

ހަތަރު ރަށެއްގައި ފުލުހުން އޮޕަރޭޝަންތަކެއް ހިންގައި މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

މީހުން ހައްޔަރު ކޮށްފައި ވަނީ ހދ. ކުޅުދުއްފުށިންނާއި ދ. ކުޑަހުވަދޫ އާއި ތ. މަޑިފުއްޓާއި ގދ. ތިނަދޫންނެވެ.

ކުޅުދުއްފުށީގައި އޮޕަރޭޝަނެއް ހިންގީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް މައުލޫމާތު ލިބިގެނެވެ. މި މަހުގެ 27 ވަނަ ދުވަހު އެ ރަށުން ތިން ދިވެހިން ހައްޔަރުކޮށް މަސްތުވާތަކެތި އަތުލާފައި ވެއެވެ. އަދި އެ ދުވަހު ކުޑަހުވަދޫން ހައްޔަރު ކުރީ ވެސް ދިވެއްސެކެވެ. ހަމަ އެ ދުވަހު މަޑިފުށީން ދިވެއްސަކު ހައްޔަރުކޮށްފައި ވެއެވެ.

ތިނަދޫ އޮޕަރޭޝަން ހިންގީ 28 ވަނަ ދުވަހު އެވެ. އެ ރަށުން ހައްޔަރު ކުރި ދިވެހި މީހާގެ އަތުން ވެސް މަސްތުވާތަކެތި ހޯދި އެވެ.