ދިރާގު

ފިޔަވަތީގައި އޮންލައިން ކްލާސް ނިޒާމް ދިރާގުން ގާއިމްކޮށްދީފި

Sep 29, 2020

މުއާސަލާތީ ކުންފުނި ދިރާގުން ހުޅުމާލޭގެ ފިޔަވަތީގައި އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގޭނެ ނިޒާމު ގާއިމު ކޮށްދީފިި އެވެ.

މުއާސަލާތީ ކުންފުނި ދިރާގުން ހުޅުމާލޭގެ ފިޔަވަތީގައި އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގޭނެ ނިޒާމު ގާއިމު ކޮށްދީފިި އެވެ.

"ފިޔަވަތީ" ގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށް ދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު އެތާނގެ ހަތަރު ކްލާސްރޫމް ގައި ގާއިމުކޮށްދިން އިރު މީގެ ކުރިން ވެސް ދިރާގުން ވަނީ ފިޔަވަތީގެ ކޮމްޕިއުޓާ ލެބަށް ހިލޭ އިންޓަނެޓް ދީފަ އެވެ.

ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމް ވިދާޅުވީ، ކޮވިޑް 19 އިގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައިވާ ވަނިކޮށް އެއްވެސް ހަރަދަކާއި ނުލާ އިންޓަނެޓް ޕެކޭޖާއިއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދިނުމުން ދިރާގަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައިވެސް ވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް އެހީވެފަ އެވެ.