ކ. ތުލުސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މުދާލާފައި ހުރި ގުދަނެއްގައި ރޯވެ އަނދައިފި އެވެ. އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ތުލުސްދޫގައި އަލިފާނުގެ ހާދިސާއެއް އައީ ރޭ 11:00 ޖެހި އިރު އެވެ. އެމްއެންޑީއެފުން ވެސް ބުނީ ރޯވެ އަނދާފައި ވަނީ އެ ރަށުގެ ގުދަނެއްގައި ކަމަށާއި ރޭ ދަންވަރު 1:30 އަށްވުރެ ވެސް ބޮޑުވި ފަހުން އަލިފާންގަނޑު ނިއްވާލެވުނު އިރު ގުދަން އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.
އަނދައި ހުލިވި ގުދަނުގައި ހުރީ ބާ މުދާ ކަމަށް ވެއެވެ. އޭގެ ތެރޭގައި ބާ ދޮންނަ މެޝިނާއި ޕްލާސްޓިކް ސާމާނުގެ އިތުރުން ލަކުޑި ހިމެނެ އެވެ.