ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސަލްސާ ރޯޔަލް ހުޅުވާނީ އަހަރެއް ފަހުން

Sep 30, 2020

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންވެ، ވިޔަފާރި ދަށްވި ފަހުން ބަންދު ކޮށްފައިވާ މާލޭގެ ބޮޑު އެއް ރެސްޓޯރެންޓް، "ސަލްސާ ރޯޔަލް" އަލުން ހުޅުވާނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް ބުނެފި އެވެ.

ސަލްސާގެ ވެރިޔާ އިބްރާހިމް އާމިރު (ސަލްސާ އާމިރު) ރޭ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންވެ ވިޔަފާރި ދަށްވުމާއެކު ބަންދުކުރި ރެސްޓޯރެންޓު އަލުން ހުޅުވަން ދުވަސް ނަގާނެ ކަމަށެވެ.

ސަލްސާ ރޯޔަލް ބަންދު ކުރި ނަމަވެސް އެ ކުންފުނިން ދެމުން ގެންދާ ކޭޓަރިންގެ ހިދުމަތް ފޯރުކޮށް ދެމުންދެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ގެއްލުންވި އެއް ސިނާއަތަކީ ރެސްޓޯރެންޓް ވިޔަފާރި އެވެ. މި ބަލީގެ ސަބަބުން ވިޔަފާރި ދަށްވެ، ރާއްޖޭގެ މަޝްހޫރު އެހެން ރެސްޓޯރެންޓުތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ. މި ހާލަތުގެ ސަބަބުން މި ސިނާއަތަށް 20 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާނެ ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.