އަބްދުﷲ ޝާހިދު

"އދ. ގެ ބައެއް ކަންކަން އިސްލާހު ކުރަންޖެހޭ"

އދ ގެ ބައެއް ކަންކަން އިސްލާހު ކުރަން ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ މިއަދު ބޭއްވުނު އދ ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުސްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ގޮތުން ފޮނުއްވެވި ވީޑިއޯ ހިތާބުގައެވެ.

ޝާހިދު ވިދާޅުވީ ޒަމާނަށް ފެތޭނެހެން އދގެ ބައެއް ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އދ އަކީ އުފެދުނީއްސުރެ މިއަދާ ހަމައަށް ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ޖަމިއްޔާ އެއްކަމުގައި ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާ ކަަމަށްވެސް ވިދާޅުވިއެވެ. އަދި ފަލަސްތީނާއި ރޮހިންޔާގެ މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރެއްވިއެވެ. ކުރިއަރަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އިންސާނީ ހއްގުތަކަށް އިހްތިރާމުކުރާ ސަގާފަތެއް އަށަގެންނެވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގެ ތެރެއިން ލިބިފައިވާ ހާއްސަ ތަޖުރިބާ ދުނިޔޭގެ އެހެން ގައުމުތަކާ ހިއްސާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.