ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮލިސް އެކަޑަމީ ހަދަން އައި އިންޑިއާގެ 53 މީހަކު ޕޮޒިޓިވް

އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި އައްޑޫ ސިޓީގައި ހަދަމުންދާ ޕޮލިސް އެކަޑެމީގެ މަސައްކަތަށް އިންޑިއާއިން އައި 53 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްް ވެއްޖެ އެވެ.

މި މަހު ކުރީކޮޅު އައްޑޫއަށް ގިނަ އަދަދެއްގެ އިންޑިއާގެ މަސައްކަތްތެރިން ވަނީ އައިސްފައެވެ. އެނގިފައިވާ ގޮތުގައި އެ ފަހަރު 128 މީހަކު އައެވެ. އެ މީހުންގެ ކަރަންޓީން މުއްދަތަށް ފަހު ކުރި ޓެސްޓްތަކުން 53 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެކަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ޔަގީންކޮށްދެއެވެ. މިވަގުތު އެ މީހުން ތިބީ ދޫގަސް ކަރަންޓީން ފެސިލިޓީގައެވެ.

ފުލުހުންގެ ތަމްރީނުތަކަށް ހާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރާ ޕޮލިސް އެކަޑެމީގެ މަަސައްކަތަކީ ރައީސް ވަހީދުގެ ވެރިކަމުގައި ފެށުމަށް މަސައްކަތް ކުރި މަޝްރޫއެކެވެ. ނަމަވެސް އަދިވެސް އެ މަޝްރޫއު މުޅިން ނިންމާލެވިފައެއް ނުވެއެވެ. އެ މަޝްރޫއަށް ބަދަލުތަކެއް ގެނެސް އިންޑިއާ ސިފައިން އައްޑޫގައި ގާއިމްވެ ތިބޭ ގޮތަށް މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ބުނެ އިދިކޮޅުން ދަނީ ތުހުމަތުތައް ކުރަމުންނެވެ. ނަމަވެސް އެ ތުހުމަަތު ސަރުކާރުން ދޮގު ކުރެއެވެ. ސަރުކާރުން ބުނީ އެއްބަސްވުން އޮތީ ރައީސް ވަހީދުގެ ދުވަސްވަރު އޮތް ގޮތަކަށް ކަމަށެވެ.

އަށާރަ މިލިއަން ޑޮލަރުގެ އެ މަރުކަޒުގައި އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކްތަކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެފަދަ އެހެން ވެސް ޓްރެއިނިން ސެންޓަރެއް ހިމަނާފައި ވެއެވެ. އެތާނގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.