މިއަދު އާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މި އަހަރު މުޅިން އަލަށް ތައާރަފު ކުރި އާ މަންހަޖަކާއެކު އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ މިނިސްޓްރީން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެގެން ކަމަށެވެ.
މި އަހަރު އަލަށް އަމަލު ކިޔަވައިދޭން ފެށި މަންހަޖުގެ ދަށުން ސްކޫލުތަކަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ވެސް ބަދަލު އައިސްފައިވާއިރު، ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އާ މަންހަޖާ ގުޅިގެން ހާއްސަ ޓެކްސް ފޮތްތަކެއްވެސް ތައާރަފުކޮށްފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު ތައުލީމީ ދާއިރާއަށް ގެނެސްފައިވާ މައިގަނޑު އެންމެ ބޮޑު އެއް ބަދަލަކީ ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ ޓީޗަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވުމެވެ.