މަސްތުވެ، މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު މިރޭ ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރަށް ގެންދިޔައީ މަގުމައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ގޮސް ބެލި އިރު އެއީ މަސްތުގެ ހާލަތުގައި އޮތް މީހެއް ކަމަށް ބެލެވިގެން ކަމަށެވެ.
އެ މީހާ ވެއްޓިފައި އޮތީ މާލޭގެ އަބަދަށް ފެހި މަގަށެވެ. އެ މީހާ ވެއްޓިފައި އޮތް އިރު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައި އޮތެވެ. އޭނާ ފެނުމުން ފުރަތަމަ ގެންގޮސްފައި ވަނީ ހޮސްޕިޓަލަށެވެ.