ހައިކޯޓް

ފަރުހީޒާ އާއި ޝަފީއު ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފި

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ސ. މަރަދޫ ޒެފެއާ ފާތިމަތު ފަރުހީޒާ އާއި ކ. ދިށްފުށި، ސްވީޓްމީޑް ހަސަން ޝަފީއު އައްޔަން ކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ ޖޭއެސްސީގެ މެންބަރު ހިސާން ހުސައިންނެވެ. އެ ދެ ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.

ހައިކޯޓަށް އައްޔަން ކުރެއްވި ޝަފީއު ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އެލްއެލްބީ) މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންމާސްޓާ އޮފް ކޮންޕަރޭޓިވް ލޯ ހާސިލްކޮށްފައެވެ. ފަނޑިޔާރެއްގެ ހައިސިއްޔަތުން 2013 ވަނަ އަހަރުން ފެށިގެން ފެމިލީ އަދި ސިވިލްކޯޓްގައި މަސައްކަތް ކޮށްފައެވެ. ގާނޫނީ ދާއިރާގައި ޝާފިއު މަސައްކަތް ކުރާތާ 14 އަހަރުވެއްޖެ އެވެ.

ހަސަން ޝަފީއު ވަނީ ފެމިލީ އަދި ސިވިލްކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

ފާތިމަތު ފަރުހީޒު ވަނީ ގާނޫނީ ރޮނގުން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާ އޮފް ކޮންޕަރޭޓިވް ލޯ ހާސިލްކޮށްފައެވެ. އޭނާ ވަނީ ވަކީލެއްގެ ގޮތުގައިވެސް 10 އަަހަރު މަސައްކަތް ކޮށްފައެވެ. ފަރުހީޒު އެންމެ ފަހުން ހުންނެވީ ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައެވެ.