މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅު ވެއްޖެ އެވެ.
މެޗުގެ ބޮޑު ބައެއް ޔުނައިޓެޑުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 28 ވަނަ މިނެޓްގައި އެ ޓީމުގެ އެންތޮނީ މާޝިއަލްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ކުޅުމުން ބޭރުގައި، ސްޕާސްގެ އެރިކް ލަމޭލާއަށް ހަމަލާ ދިނުމުންނެވެ ކާޑެވެ. ޓޮޓެންހަމްއަށް ލިބު ކޯނަރަކަށް އެޓީމުގެ ކުޅުންތެރިން ޔުނައިޓެޑްގެ އޭރިއާ ތެރޭގައި ތިބި ވަގުތު މާޝިއަލް އާއި ލަމޭލާ ދެމެދުގައި ހިތްހަމަނުޖެހުންތަކެއް ބަދަލު ކުރި އެވެ. މާޝިއަލް ވަނީ ލަމޭލާގެ ފުރަގަހުން މޫނުަގައި އަތް އަޅައި ހަމާލާ ދީފައެވެ. ލަމޭލާ ދަނޑުމައްޗަށް ވެއްޓުމުން ރެފްރީ ގޮސް މާޝިއަލްއަށް ރަތް ކާޑު ދެއްކި އެވެ.
މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ޔުނައިޓެޑުން ލީޑް ނެގި އެވެ. ބުރުނޯ ފެނާންޑޭޒް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީއަކީ ސްޕާސްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑާވިންސަން ސަންޗޭޒް މާޝިއަލްއަށް ފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ. ޔުނައިޓެޑުން ލީޑް ނެގި ނަމަވެސް ނަތިޖާ ހަމަހަމަ ކޮށް އަދި ސްޕާސް ކޮޅަށް ނަތީޖާ އަނބުރާލަން ނެގީ ފަސް މިނެޓެވެ. މެޗުގެ ހަތަރު ވަނަ މިނެޓްގައި ނޮޑެމްބެލޭ ވަނީ ޓޮޓެންހަމްއަށް މެޗިގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ތިން މިނެޓް ފަހުން ސަން ހިއުންގްމިން ސްޕާސްއަށް ލީޑް ނަގައި ދިނެވެ.
ސްޕާސްގެ ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ސަން އާއި ހެރީ ކޭން އެވެ. ކޭންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 30 ވަނަ މިނެޓްގަ އެވެ. އޭގެ ހަތް މިނެޓް ފަހުން ސަން ލަނޑު ކާމިޔާބުކޮށް ނަތީޖާ 4-1 ބަދަލު ކުރި އެވެ. ޓޮޓެންހަމް އާއި ޔުނައިޓެޑްގެ ކުރިމަތިލުންތަކުގެ ދިގު ތާރީހުގައި ސްޕާސް އާ ދެކޮޅަށް ކުޅުނު މެޗެއްގައި ޔުނައިޓެޑް ކޮޅަށް ފުރަތަމަ ހާފުގައި ސްޕާސްއިން ހަތަރު ލަނޑު މީގެ ކުރިން ޖަހާފައި ވަނީ 63 އަހަރު ކުރިންނެވެ. ނޮވެމްބަރު 1957 ގައި ސްޕާސްގެ އިން ވަނީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗެއްގައި ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖަހާފަ އެވެ.
މިރޭގެ މެޗުގެެ 79 ވަނަ މިނެޓްގއި ކޭން ވައްދާލި ޕެނަލްޓީން ސްޕާސްއިން ވަނީ ޕްރިމިއާ ލީގްގައި ޔުނައިޓެޑް އަތުން އެންމެ ތާފާތު ބޮޑުކޮށް މޮޅުވުމުގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. ކުރިން އެ ރެކޯޑް ހަމަ އެކަނި އޮންނަނީ 2011 ވަނަ އަހަރު 6-1 ޔުނައިޓެޑް ބަލިކުރި މެންޗެސްޓާ ސިޓީ އަތުގަ އެވެ.
ދެވަނަ ހާފުގައި ސްޕާސްގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ސާޖް އޮރިއާ އެވެ.