ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރު މުދަލުގެ ރަޖިސްޓްރީއެއް ފޮނުވައިދޭން އެދިއްޖެ

Oct 5, 2020
މިނިސްޓްރީ އޮފް ފިނޭންސް ހުންނަ އިމާރާތްފޮޓޯ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ދައުލަތަށް ހަރު މުދަލުގެ ގޮތުގައި ލިބޭ ތަކެތީގެ ރަޖިސްޓްރީއެއް މިމަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައި ދޭން އެ މިނިސްޓްރީން ސަރުކާރުގެ ވުޒާރާ ތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ދައުލަތުގެ ވުޒާރާތަކަށް ފޮނުވާ ފައިވާ ދައުލަތުގެ ހަރު މުދާލާއި ގުޅޭ ސާކިއުލާއެއްގައި ބުނާ ގޮތުގައި މެއި 1، 2009 އިން ފެށިގެން، ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ދައުލަތުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް ކުރަން ފެށުމާއި ގުޅިގެން، އެ ތާރީހުން ފެށިގެން ދައުލަތުގެ ހަރުމުދަލުގެ މައުލޫމާތު ބަލަހައްޓާނީ މި ސިސްޓަމް މެދުވެރިކޮށެވެ.

މިގޮތުން، ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރެކޯޑުކޮށްފައިވާ ދައުލަތުގެ ހަރު މުދަލުގެ މައުލޫމާތު ފުރިހަމަކޮށް، އަދަދު ހަމަ ކުރުމަށްޓަކައި ދައުލަތުގެ އޮފީސްތަކުގައި 2019 ނިޔަލަށް ބޭނުން ކުރަމުންދާ ހަރު މުދަލުގެ ރަޖިސްޓްރީއެއް އެ މިނިސްޓްރީއަށް މި މަހުގެ ނިޔަލަށް ފޮނުވައިދޭން އެދޭ ކަމަށެވެ. މި މައުލޫމާތު ފޮނުވުމުގައި އެސެޓް ނަމްބަރު އެނގޭ ނަމަ އެ ނަމްބަރު ވެސް ހިމަނައިގެން މައުލޫމާތު ފޮނުވަން އެ މިނިސްޓްރީން އެދިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ހަރު މުދާ ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރަޖިސްޓްރީ ކުރަން މުޒާރާތަކަށް ހަނދާން ކޮށްދީފަ އެވެ. އެ މިނިސްޓްރީން ދައުލަތުގެ ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނި ގޮތުގައި މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުން ހަރުމުދަލުގެ ރަޖިސްޓްރީއެއް ބަހައްޓަން ޖެހޭނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345