ކޮންމެ މީހެއްގެ ވެސް މައިންބަފައިންނަށް ފަހު އެ މީހެއްގެ ކުރިއެރުމުގެ ފަހަތުގައި ވަނީ ޓީޗަރުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓީޗަރުންނަށް ތައުރީފު ކުރައްވައިފި އެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ޓީޗަރުންނަށް ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން ރައީސް މިއަދު ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޓީޗަރުންނާކީ މައިންފައިންގެ ފަހުގައި ކޮންމެ މީހެއްގެ ކުރިއެރުމަށް ވެސް އެންމެ ބޮޑު ހެޔޮ ބަދަލު ގެންދޭ ފަރާތް ކަމަށެވެ. ކޮންމެ މީހެއްގެ ކާމިޔާބީގެ ފަހަތުގައި ވެސް ޓީޗަރުންގެ ބުރަ މަސައްކަތްވާ ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ޓީޗަރުންގެ ދުވަހަކީ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހެވެ.