ޓީޗަރުންގެ ދުވަސް

ހިރިޔާގައި ޓީޗަރުންގެ ދުވަސް ފާހަގަކުރީ ވާޗުއަލް އެސެމްބްލީއަކުން

މިއަދުގެ އެސެމްބްލީގެ ތެރެއިން --
0%
0%
0%

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިރިޔާ ސުކޫލްގައި ހާއްސަ ވާޗްއަލް އެސެމްބްލީއެއް ބާއްވައިފި އެވެ.

ޓީޗަރުންްގެ ދުވަހާއި ގުޅިގެން ހިރިޔާގައި މިއަދު ބޭއްވި ވާޗްއަލް އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. އަދި ސުކޫލްގެ ހުރިހާ މުވައްޒިފުންނާއި ބައެއް ދަރިވަރުންވެސް ބައިވެރިވިއެވެ.

ސުކޫލްތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް މިއަހަރު ފަނޑުވެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. މި ހާލަތުގައިވެސް ވާޗްއަލްކޮށް ޓީޗަރުންގެ ޝަރަފްގައި އެސެމްބްލީއެއް ބޭއްވީ ޓީޗަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ހިރިޔާ ސުކޫލުން ބުންޏެވެ.

މިއަދުގެ އެސެމްބްލީގައި ދަރިވަރުންގެ ފަރާތުން މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވާފައިވެއެވެ. ބައެއް ދަރިވަރުން ޅެން ބަހުން އަދި ބައެއް ދަރިވަރުން ރައިވަރުންވެސް ދުވަހުގެ ތަހުނިޔާ ފޮނުވާފައިވެއެވެ.

މިއަދުގެ އެސެމްބްލީގެ ތެރެއިން --

އެެސެމްބްލީގައި ޓީޗަރުންނަށް ހާއްސަކޮށްގެން ދުވަހާއި ގުޅޭ ހާއްސަ ލަވައެއްވެސް ވަނީ ގެނެސްދީފައެވެ. 101 ޓީޗަރުން މަސައްކަތް ކުރަމުންދާ ހިރިޔާ ސުކޫލްގައި މުޅި ޖުމްލަ 158 މުވައްޒިފުން މަސައްކަތް ކުރެއެވެ.

ޓީޗަރުންގެ ދުވަހަށް ހާއްސަކޮށްގެން ހިރިޔާގައި ކުރިއަށް ގެންދިޔަ ވާޗްއަލް އެސެމްބްލީ ދެ ދަންފަޅީގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910