ހަބަރު

"ޓީޗަަރުންގެ މަސަައްކަތަށް މުޖުތަމައުގެ އިހުތިރާމް ލިބިއްޖެ"

ސްކޫލެއްގައި ބޭއްވި ހަފްލާއެއްގެ ތެރެއިން މިނިސްޓަރު ޓީޗަރުންނާއެކު - | އަވަސް އާކައިވް
0%
0%
0%

ކޮވިޑުގެ ހާލަތު ދިމާވެ ކިޔަވައިދިނުމުގެ ގޮތްްތައް ބަދަލު ކުރުމުން، ޓީޗަރުން ކުރާ މަސައްކަތަށް އިތުރަށް ގަދަރު ދެވި މުޖުތަމައުގެ އިހުތިރާމް ލިބިއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އަައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ، ކްލާސްރޫމްގެ ހަތަރު ފާރުން ބޭރުވެ ގޭގެ މެދުގެއަށް ކްލާސްތައް އައުމުން މުދައްރިސުން ކުރާ ދުވަހީ މަސައްކަތްތަކަށް އިތުރަށް ގަދަރުދެވި މުދައްރިސުންނަށް ހިތުގައި ދެވިފައިވާ ލޯބި އެތައް ގުނައެއް އިތުރުވެއްޖެ ކަމަށެވެ. ޓެލި ކްލާސްތަކުގައި ލަވައާއި ޅެން ކިޔައިދީ، ގޫގުލް ކްލާސްރޫމްތަކުގައި އެކި ކުޅިވަރުތައް ކިޔަވައިދިނުމުގެ އުކުޅުތަކުގެ ބޭނުން ކޮށް ދަރިވަރުންގެ ސަމާލުކަން ހޯއްދަވާގޮތް ފެނި މުޖްތަމައުގެ އިހްތިރާމްވެސް ލިބިއްޖެ ކަމަށެވެ.

އަދި، އެންމެ ކުއްޖެއް ފިލާވަޅުގައި މަޝްއޫލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެވުމުން ކްލާހެއްގެ ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ކުރައްވާ މަސައްކަތަށް ޝަރަފު ދެވިއްޖެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ވިޑް-19 އާ ގުޅިގެން މި އުނދަގޫ ދުވަސްވަރުގައި ޓީޗަރުން ކުރަން ޖެހޭ މަސައްކަތް އިތުރަށް ބުރަވެފައިވާ ކަމަށެވެ.

"ކުރިން ނުފަރިތަ ޕްލެޓްފޯމްތައް ބޭނުންކުރުމަށް ތަމްރީނު ހޯދާ ދަރިވަރުންނަށް އާ ފިލާވަޅުތައް ދަނީ ނަގައިދެމުން. މިކަންކަމުން ދައްކުވައިދެނީ މުދައްރިސުންގެ އާ ކަންކަމަށް ފަރިތަވެގަންނަވާ އަވަސް މިން" ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910