ހަބަރު

ގެއެއްގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ

މާލޭގެ ގެއެއްގައ މިއަދު އަލިފާން ރޯވެ ގެއްލުންތައް ވެއްޖެ އެވެ. މި ހާދިސާގައި މޙަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު ރޯވެފައި ވަނީ މ. މެންގޯ ޓްރީގަ އެވެ. އެމްއެންޑީއެފުން ބުނީ މިއަދު 12:00 ޖަހާއެހާ ކަންހާއިރު މެންގޯޓްރީ ގޭގެ ބައެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި އަދި ސިފައިން އެހިސާބުގައި ހަރަކާތް ތެރިވެ މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

"އެގޭގައޮ އަލިފާން ރޯވި ނަމަވެސް މިހާރު ނިއްވާލައިފި. ނަމަވެސް އެހިސާބުގައި ވަރަށް ގަދަޔަށް ދުން އަރާތީ ސިފައިން ދަނީ އަދިވެސް ހަރަކާތް ތެރިވަމުން،" އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވި އެވެ.

މިހާދިސާގައި ރޯވެފައިވެނީ އެގޭގެ އުންދުނުގަ އެވެ. ނަމަވެސް އުނދުނުގައި ރޯވި އަލިފާނުން ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.