ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފިޔަވަތީގެ ބައެއް މުވައްޒަފުންނާއި ކުދިން ޕޮޒިޓިވްވެއްޖެ

Oct 7, 2020
1

ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އެތަނުގައި ތިބި ކުޑަކުދިންތަކެއް ކޮވިޑަށް ޕޮސިޓިވްވެއްޖެ އެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ބައްދަލުވުމުގައި، ޑރ. ނަޒްލާ ރަަފީގު ވިދާޅުވީ، ފިޔަވަތީގެ މުވައްޒަފެއް ކޮވިޑަށް ޕޮސިޓިވްވީ މިދިޔަ މަހު 30 ގައި ކަމަށެވެ. ފަހުން، ޓެސްޓުތައް ހެދުމުން އެތަނުން ފަސް މުވައްޒަފަކާއި އަށް ކުދިން ވަނީ މިހާތަނަށް ޕޮސިޓިވްވެފައި ކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އެ ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭގެ ލަފާގެ މަތިން އަޅަމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މީގެ ކުރިންވެސް ފިޔަވަތިން ވަނީ ޕޮސިޓިވް ކޭސްތަކެއް ފެނިފަ އެވެ. މިދިޔަ ޖުލައި މަހު، ފިޔަވަތީގެ މުވައްޒަފެއް ޕޮސިޓިވްވުމުން، 11 މުވައްޒިފުން އަދި 21 ކުއްޖަކު ކަރަންޓީނު ކުރި އެވެ. އެހެންނަމަވެސް އިތުރު ކޭސް އެއް ނުފެނެ އެވެ.

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮސިޓިިވްވީ މީހުންގެ އަދަދު ހުރީ 35ގަ އެވެ. ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 32 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށް އެޗްޕީއޭ އިން ކޮންމެ ދުވަހަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަނެއް ތިން މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 30 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ފަސް ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10,656 އަރާފަ އެވެ. މިދިޔަ 24 ގަޑި އިރު ތެރޭ 1،123 ޓެސްޓު ކުރި ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.