ފިނިޕޭޖް

"ހުވާ ކޮށްފާބުނަން" އޮފިޝަލް ޓްރެއިލާ ދައްކާލައިފި

ކުޅަދާނަ ޑައިރެކްޓަރު އަދި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)، އައު ޑްރާމާ ސިލްސިލާ "ހުވާ ކޮށްފާބުނަން" ގެ އޮފިޝަލް ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ދެ މިނެޓް 52 ސިކުންތުގެ ޓްރެއިލާއިން ޑްރާމާގައި ހިމެނޭ ރަހަތައް ބުނެދެއެވެ. ހެއްވާ މަޖާ ގިނަަ މަންޒަރުތަކެއް ހިމެނިފައިވާއިރު ޓްރެއިލާ ނިމިގެންދަނީ ލޯބީގެ އެކި ވާހަކަތައް ބުނެދެމުންނެވެ. ސައްބީސް އެޕިސޯޑްގެ ޑްރާމާ ސިލްސިލާގައި ފެނިގެން ދާނީ އަހުމަދު ސައީދު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މިފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި ޝިފާ، ޝިޔާ އަދި ނަތާ ވެސް ފެނިގެންދާނެ އެވެ.

ވާހަކަ ލިޔެ، ޑައިރެކްޓް ކުރަނީ ޔޫއްޕެ އެވެ. ކެމެރާ ކުރަނީ އައްޔަ (ގޮޅާ) އެވެ. ޑްރާމާހެ ޝޫޓިންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ޑްރާމާ ޝޫޓް ކުރަނީ ހުޅުމާލޭގެ އެކި ލޮކޭޝަންތަކުގަ އެވެ. ޔޫއްޕެ ބުނީ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތް ފެށި ނަމަވެސް ޑްރާމާ އަދި ދައްކާނެ ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"ވާހަކަ ދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ގޮތަކަށް ޑްރާމާ ދޫކޮށްލާނަން،" ޔޫއްޕެ ބުންޏެވެ.