ވިޔަފާރި

ހެޕީމާކެޓު އެކްސްޕީރިއަންސް ސެންޓަރު ހުޅުމާލޭގައި ހުޅުވައިފި

Oct 11, 2020
ހެޕީ މާކެޓުން ހުޅުމާލޭގައި ހުޅުވި އެކްސްޕީރިއަންސް ސެންޓަރު
0%
0%
0%

ހެޕީ މާކެޓުން ހުޅުމާލޭގައި "ހެޕީ މާކެޓު އެކްސްޕީރިއަންސް ސެންޓަރު" ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހުޅުވި މި ފިހާރަ ހާއްސަ ކޮށްފައި ވަނީ އެ ކުންފުނިން ވިއްކާ ކެއިން ބުއިމުގެ ހުރިހާ ބާވަތްތަކެއް އެއް ތަނަކުން ލިބޭ ތަނެއްގެ ގޮތުގަ އެވެ.

މި ޝޯރޫމް އިއްޔެ ހުޅުވައި ދެއްވީ އެ ކުންފުނީގެ ބޯޑަރުގެ އެޑްވައިޒަރު އަދި ޗީފް އިންޖިއަރުގެ މަގާމުގައި ހުންނެވި އަލި ދީދީ އެވެ.

ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވި ގޮތުގައި އެ ޝޯރޫމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ. އަދި ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެތަނަށް ގޮސް މުދާ ބަލައިލުމަށް ފަހު ގަތުމުގެ މަގު ފަހި ވެގެންދާނެ އެވެ.

ހެޕީ މާކެޓުގެ ގްރީން ފްލީޓް

ހެޕީ މާކެޓް އެކްސްޕީރިއަސް ސެންޓަރުން ދަޅު ކާނާ އާއި ޕެކެޓު ފަދަ ބާވަތްތަކުގެ އިތުރުން ފިނިކުރި މަހުގެ ބާވަތްތައް ވެސް ލިބެން ހުރެ އެވެ. މީގެ އިތުރުން ހެޕީމާކެޓުން ވިއްކާ ޔޫރަޕުގެ ގިނަ އުފެއްދުންތައް ވެސް ލިބޭނެ އެވެ. މި ސެންޓަރު ހުޅުވުމުގެ ކުރިން އެ ކުންފުނީގެ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތައް ކަމަށްވާ "ގްރީން ފްލީޓް" ދައްކާލައި އެ އުޅަނދުތައް ތައާރަފުކޮށްފައި ވެއެވެ.

އިހުސާން ވިދާޅުވެފައިވާ ގޮތުގައި މަގުސަދަކީ މުދާ އުފުލަން ބޭނުންކުރާ ހުރިހާ އުޅަނދެއް ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތަަކަށް ބަދަލު ކުރުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345