ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގްރޭޑު 7 އާއި 8 ގެ ކިޔެވުން ފަށަނީ

މާލެ ސިޓީގެ ސްކޫލްތައް ބަންދު ކޮށްފައި ހުރުމަށް ފަހު، ގްރޭޑް 7 އާއި 8 އަށް ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ކޮވިޑުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން މި މަހުގެ 19 އިން ފެށިގެންް ގްރޭޑު އަށަކަށް ކިޔަވައިދޭނެ ކަމަށެވެ. އަަދި ގްރޭޑް ހަތަކަށް މި މަހު 25 އިން ފެށިގެން ކިޔަވައި ދޭނެ އެވެ.

ހާލަތު ރަނގަޅުވުމުން، މާލެ ސިޓީގެ ސްކޫލްތަކުގެ ނުވަޔަކުން އިން 12 އަށް ކިޔެވުން ފެށީ މި މަހުގެ ހަތަރެއްގަ އެވެ. ބަންދު މުއްދަތުުގައި ގްރޭޑް 11 އާއި 12 އިގެ ދަރިވަރުން އޭލެވެލް އިމްތިހާނަށް ތައްޔާރުވުމަށް އެކްސްޓްރާ ގަޑިތަކަށް ސްކޫލަށް ގެންދިޔަ އެވެެ. އެހެން ނަމަވެސް އެ މުއްދަތުގައި ވެސް އޮންލައިން ކްލާސްތައް ވެސް ކުރިއަށްގެންދިޔަ އެވެ.

މާލެ ސިޓީގައި ކޮވިޑް ފެތުރެންް ފެށުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށް ފަހު ތިން މަސް ފަހުން ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވީ މިދިއަ ޖޫންގަ އެވެ. އެފަހަރު ހުޅުވާލީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑް ތަކަށެވެ. ނަމަވެސް ސްކޫލްތައް އަލުން ބަންދުކުރަން ޖެހުނީ މާލެ ސިޓީގައި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައެވެ. އާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24 ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެން ދާނެ އެވެ.