ފަޅު ރަށްތަކުގައި ދަނޑުވެރިކަން ކުރުމަކީ ވަށައިޖެހޭ ވިޔަވާރިއެއް ނޫން ކަމަށާއި، އެކަން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާދީފައިވާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި އެ އެފްޓީއޭގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓާފައިވާކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ކުރެއްވި ސުވާލުގެ ތެރެއިން، ވާހަކަ ދައްކަވަމުން ނަޝީދު ދަނޑުވެރިކަމުގެ ނަމުގައި ދިގު މުއްދަތަށް ރަށްދޫކުރާތާ މިހާރު ގާތްގަނޑަކަށް 32 އަހަރު ވެފައިވާ ކަމަށެވެ.
ނަމަވެސް، އޭގެން އެއްވެސް ރަށަކީ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ރަށެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި މަޖިލީހުގެ ލަފާ ކޮވިޑްގެ ހާލަތުގައި އެރުވިއިރު ވަރަށް ސާފުކޮށް މި ދިރާސާތައް ކުރެވި ފަޅުރަށް އިތުރަށް ދޫކުރާން އުޅުން އެއީ ބުއްދިވެރިކަމެއް ނޫން ކަމަށް މި މަޖިލީހުން ސަރުކާރަށް ލަފާ އެރުވިން. އެހެން ނަމަވެސް 27 ހެކްޓަރުގެ ރަށަކާއި 30 ހެކްޓަރުގެ ރަށަކާއި އޮތް ބިންކޮޅެއް ވެއްޖިއްޔާ މި ހޮލިޑޭ ހޯމަށް ދޫކޮށް ދަނީ. އަޅުގަނޑުމެނަށް ހަމަ ސާފުކޮށް އެނގޭ ކަމެއް މިއީ ދެކޮޅު ޖެހޭ މަސައްކަތެއް ނޫން ކަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކާމިޔާބު ގޮތުގައި ހިނގަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމަށެވެ.
އެގޮތުން، ކޮވިޑް-19 އާއި ގުޅިގެން މަޖިލީހުން ސަރުކާރަށް ލަފާ އެރުވި އިރު، ދަނޑުވެރިކަމަށް ފަޅުރަށް އިތުރަށް ދޫކުރަން އުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ލަފާ އަރުވާފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.