ހަބަރު

ބައިނަލް އަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް


ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއަށް ބައިނަލް އަގުވާމީ ދެ އެވޯޑެއް ލިބިއްޖެ އެވެ.

ސްޓެލްކޯއަށް އެވޯޑު ލިބިފައި ވަނީ ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި، އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020 ގައެވެ. މި އެވޯޑްސްގައި ސްޓެލްކޯއަށް ލިބިފައި ވަނީ "ޑްރީމް ކޮމްޕެނީސް ޓް ވޯކް ފޯ" އެވޯޑާއި އިންޑިވިޖުއަލް ކެޓަގަރީއިން "އިމާޖިން ލީޑާ އޮފް ދި އިޔާ" ގެ އެވޯޑެވެ.

ސްޓެލްކޯއިން ބުނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" ގެ އެވޯޑް ލިބުނީ ކުންފުނިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
.
މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.