މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ސީފެއާރާސްއާއެކު އެއްބަސްވުމެއް ހަދައިފި

Oct 12, 2020

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރްއައި) އާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެސްއާރްއައި އާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ޑިއެޑްރެ ފިޓްޕެޓްރިކްއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އެމްއޯޔޫގެ ދަށުން ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަން ކުރުމުގައި އެސްއާރުއައިގެ އެހީތެރިކަން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.