ހަބަރު

އިމާދު އެޑްމިޓްކޮށް ފަރުވާ ދެނީ

ހިތުގެ އާލާސްކަންފުޅެއްގައި މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އިމާދު ލަތީފު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އިމާދުގެ އާއިލީ ބޭފުޅަކު ވިދާޅުވި ހިތުގެ އާލާސްކަންފުޅަކާއި ގުޅިގެން ރޭ ގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާ އިމާދަށް ފަރުވާ ދެމުންދާ ގެންދާ ކަމަށާއި މިހާރު އިންޖިއޯޕްލާސްޓީ ހެދުމަށް ފަހު އިމާދު ބާއްވާފައި ވަނީ އައިސީޔޫގައި ކަމަށެވެ.

"އިރާދަކުރެއްވީތީ މިހާރު އިމާދުގެ ހަލު ސްޓޭބަލް. މިރޭ ނޫނީ މާދަމާ އައިސީޔޫއިން ނެރޭނެ ކަމަށް ބެލެވޭ،"

އިމާދު އެޑްމިޓް ކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަށް އެދި ހެޔޮ އެދުމުގެ މެސެޖްތައް ފޮނުވަމުންނެވެ.

ނޫސްވެރި ކަމުން ރާއްޖޭގައި ލިބޭ ހުރިހާ ޝަރަފެއް ހޯއްދަވާފައިވާ އިމާދުގެ ނޫސްވެރިކަން ފެއްޓެވީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން އިމާދަކީ ރާއްޖޭގައި ވަރަށް މަގުބޫލު އަދި ވަރަށް މަޝްހޫރު ނޫސްވެރިއެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ދުނިޔޭގެ ކުޅިވަރާއި ދުނިޔޭގެ ހަބަރުތައް ދިރާސާ ކުރެއްވި ނޫސްވެރިއެއްގެ ގޮތުގަ އާއި ތަރުޖަމާ ކުރެއްވުމުގެ ރޮނގުގަ އެވެ.

ދުވަހު ނޫސް ހަވީރުގައި މެދުކެނޑުމެއް ނެތި 17 އަހަރު އިމާދު ވަނީ ނޫސްވެރިކަން ކުރައްވާފަ އެވެ. އަދި ވީޓީވީ އުފެދުނީއްސުރެ އެ ސްޓޭޝަންގެ ނިއުސްރޫމްގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ވެސް އިމާދެވެ. ވީމީޑީއާއިން އިމާދު ވަކިވެ ވަޑައިގެން މިހާރު މަސައްކަތް ކުރައްވަނީ ސިޔާސީ މައިދާނުގަ އެވެ. މިހާރުވެސް ފްރީލާންސްކޮށް އިމާދު ބައެއް ނޫސްތަކަށް ލިޔުްވަ އެވެ.