ހަބަރު

ބްރޯޑްކޮމް އަށް އަމީނާ އައްޔަންކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް، އާމިނަތު އަމީނާ އައްޔަން ކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބްރޯޑްކޮމްގެ މެމްބަރު ކަމަށް އަމީނާ އައްޔަން ކުރައްވާ މަގާމުގެ ލިއުން މިއަދު ވަނީ ހަވާލު ކޮށްފަ އެވެ. ލިޔުން ހަވާލު ކުރީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރި އަމީނާއަށް މަޖިލީހުން ރުހުން ދީފައި ވަނީ މި މަހު ނުވަ އެއްގަ އެވެ.

އަމީނާ މާސްޓާސް ޑިގްރީއެއް ހާސިލު ކުރައްވާފައި ވަނީ އިސްލާމިކް ޔުނިވާސިޓީގައި ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިންނެވެ. އޭނާ އެންމެ ފަހުން ހުންނެވީ ވީޓިވީގެ ސީނިއާ އެޑިޓަރެއްގެ މަގާމުގަ އެވެ.