ހަބަރު

ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތޯ ސާފު ކޮށްދޭން އެދެފި

Oct 15, 2015
ރައީސް މުހައްމަދު ނަޝީދު ކޯޓަށް ވަޑައިގަންނަވަނީ: މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް ހުށަހެޅިތޯ ސާފުކޮށްދޭން އެދުނު -- ފޮޓޯ: އަވަސް
0%
0%
0%

ކްރިމިނަލް ކޯޓުން ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ޕީޖީގެ ފަރާތްޕުޅުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވޭތޯ ސާފް ކޮށްދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން އެދިޖެއްއެވެ.

މިކަމަށް އެދި ވަޑައިގެން ސިޓީ ފޮނުވާފައިވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ސޮއި ކުރައްވައި ޕީޖީ މުހުތާޒް މުހުސިނަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ހައިކޯޓަށް ޕީޖީ ހުށަހެޅި ރައީސް ނަޝީދުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައި ނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވި ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަން ނުވަތަ ނޫން ކަން އަންގާފައި ނުވާ ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުނު ކަމަށް ބަލާނީ އެ މައްސަލަ އެއް ކޯޓުން ބަލައިގަތުމުން ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހެޅި ރައީސް ނަޝީދުގެ އިސްތިއުނާފްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ކަން ނުވަތަ ނޫން ކަން އަންގާފައި ނުވާ ކަމަށާއި އެ މައްސަލަ އަކީ ޝަރީޢަތުގެ މަރުހަލާގައިވާ މައްސަލައެއް ކަމަށް ދައުލަތުގެ އެކިއެކި ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910