ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

18 ގައި ތޮއްޑޫ ޓޫރިސްޓުންނަށް ހުޅުވާލަނީ

Oct 16, 2020
2

އއ. ތޮއްޑޫ މި މަހުގެ 18 ގައި ޓޫރިސްޓުންނަށް ހުޅުވާލަން ނިންމައިފި އެވެ.

ގެސްޓްހައުސް ޓޫރިޒަމް އިއްޔެ ހުޅުވާލިއިރު އއ. ތޮއްޑޫ ހުޅުވޭ ގޮތްވެފައި ނުވަނީ ބައެއް މުހިންމު ކަންކަން ފުރިހަމަ ނުވެގެނެވެ. އެހެންވެ ބައެއް ގެސްޓްހައުސް ތަކުން ވަނީ ރަށް ހުޅުވުން އަވަސް ކުރަން ބުރާސްފަތި ދުވަހު އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ކައުސިލުން ވަނީ ތޮއްޑޫ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެސްޓުންނަށް އަލުން ހުޅުވާލަން ނިންމާފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް ގެސްޓްހައުސް ތަކުން ބުނި ގޮތުގައި ކައުންސިލުން ގިނަ ކަންކަން ފުރިހަމަކޮށް މާދަމާ ނިންމާލާނެ އެވެ. އަދި ރަށް ހުޅުވާލާއިރު 10 ވަރަކަށް ގެސްޓްހައުސް ހުޅުވާނެ އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި މާފުށި ނަގާފައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ތޮއްޑޫއަކީ ރަޝިއާއިން އަންނަ ޓޫރިސްޓު މާކެޓަށް ހާއްސަ ރަަށެކެވެ. އަންނަ މަހު އެ ރަށުގެ ޖުމްލަ އޮކިއުޕެންސީ 50 ޕަސެންޓަށް އުފުލިގެންދާނެ ކަމަށް އެ ރަށުގެ ގެސްޓްހައުސް ތަކުން ބުނެ އެވެ.