ހުޅުމާލެ

ހުޅުމާލޭ ޓްރެކް ސަރަހައްދު ސާފު ކުރަނީ

Oct 16, 2020

ހުޅުމާލޭ ޓްރެކް ސަރަހައްދުގައިވާ ކުންޏާއި ގާތައް ނަގައި ސާފު ކުރުމުގެ ޕްރޮގްރާމެއް މާދަމާ ކުރިޔަށް ގެންދާނެ އެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައިވާ ގަލާއި ކުނީގެ ސަބަބުން ޓްރެކް ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް އޭގެ އުނދަގޫތައް ވަމުން ދާތީ އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހުޅުމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒާއި އެޗްޑީސީގެ އިސް ނެގުމާއެކު މާދަމާ އެ ސަރަހައްދުން ކުނި ނަގާ ސާފު ކުރާނެ ކަމަށެވެ

ޓްރެކް ސަރަހައްދު ސާފު ކުރުން އޮންނާނީ މާދަމާ ހެނދުނު 7:00 އިން 10:00 އަށެވެ. އެޗްޑީސީން ބުނީ އެ މަސައްކަތް ކުރާނީ ކޮވިޑާ ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.