ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓް ނޮވެންބަރު 11 އަށް ނިންމަނީ

ހއ. ހޯރަފުށި އެއާޕޯޓުގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ. ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވަނީ ހޯރަފުއްޓަށް ވަޑައިގެންފައެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް އިންނާނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވަނީ 64 މިލިއަން ރުފިޔާ އަށް އެމްޓިސީސީންނެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.