އަބްދުއްރަހީމް އަބްދުﷲ

"މި ސަރުކާރުގެ މައްސަލަތައް ފިލިން ފިއްޔަށް ބަލާނެ"

މި ސަރުކާރުން ހިންގާ ގާނޫނާއި ހިލާފު ކަންކަން ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި އަކުރުން އަކުރަށް، ފިލިން ފިއްޔަށް ބަލާނެ ކަމަށް އިދިކޮޅުގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ލޯޔަލިޓީ ކާޑް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 2023 ވަނަ އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމުން ކަމަށެވެ. މިހާރު އިންތިހާބެއް ބޭއްވި ނަމަަވެސް މި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެން އަންނަ އިންތިހާބެއްގައި އިދިކޮޅުގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

މި ސަރުކާރުން ގާނޫނާއި ހިލާފަށް އެތަށް ކަމެއް ކުރަމުންދާ ކަމަށާ އެ ކަންކަން ނުބަލާނެ ކަމަށް މި ސަރުކާރުގެ ވެރިންނަށް ހީވިނަމަވެސް އެ މައްސަލަތައް ޕީޕީއެމްގެ ސަރުކާރެއްގައި އަކުރުން އަކުރަށް، ފިލިން ފިއްޔަށް ބަލާނެ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެން މި ގައުމުގަައި ވެރިކަމާއި ހަވާލުވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. އެ ސަރުކާރަކުން އަކުރުން އަކުރަށް ފިލިން ފިއްޔަށް މި ސަރުކާރުން ކުރާ ގާނޫނާއި ހިލާފު ހުރިހާ ކަމެއް އަޅުގަނޑުމެން ބަލަމެން ބަލަމުން ގެންދާނަން. އޭގެ ތެރޭގައި ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާނެ އެއްބަސްވުމެއް ހަދާފައި އޮތިއްޔާ، ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއްވާ މުއާހަދާއެއްގައި ސޮއިކޮށްފައި އޮތިއްޔާ ވަގުތުން ވަގުތަށް އެ އެއްބަސްވުމެއް ނޫނީ މުއާހަދާއެއް ބާތިލްކުރާނެ ކަމުގެ ކަށަވަރުކަން ދިވެހި ރައްޔިތުންނަށް ދެން،"

އިރާދަކުރެއްވިއްޔާ ދެން މި ގައުމުގަައި ވެރިކަމާއި ހަވާލުވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. އެ ސަރުކާރަކުން އަކުރުން އަކުރަށް ފިލިން ފިއްޔަށް މި ސަރުކާރުން ކުރާ ގާނޫނާއި ހިލާފު ހުރިހާ ކަމެއް އަޅުގަނޑުމެން ބަލަމެން ބަލަމުން ގެންދާނަން. އޭގެ ތެރޭގައި ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާނެ އެއްބަސްވުމެއް ހަދާފައި އޮތިއްޔާ، ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއްވާ މުއާހަދާއެއްގައި ސޮއިކޮށްފައި އޮތިއްޔާ ވަގުތުން ވަގުތަށް އެ އެއްބަސްވުމެއް ނޫނީ މުއާހަދާއެއް ބާތިލްކުރާނެ ކަމުގެ ކަށަވަރުކަން ދިވެހި ރައްޔިތުންނަށް ދެން
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ގާނޫނާއި ހިލާފު ކަންކަން ކުރުން އާންމުވެއްޖެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެ ވައްކަން އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެކަންކަން ކުރާ މަންޒަރު ބަލަން ނުތިބެ ސަރުކާރާ ދެކޮޅަށް ނިތުމަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ. ވައްކަމާއި ގާނޫނާއި ހިލާފަށް ކުރާ ކަންކަން ހުއްޓުވުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދައުރު ނިންމަވާލެއްވުމުގެ ކުރިން ރައްޔިތުންނަށް ދެއްވި ވަދާއީ ތަގުރީރުވެސް އިއްޔެގެ ހަފްލާގައި ގެނެސްދިނެވެ. އެ ތަގްރީރަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ގައުމަށް ދިމާވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ހުރިހާ ކަމެއް ދިމާވެ ނިމިއްޖެ ކަމަށެވެ. އަދި ރައީސް ޔާމީނަށް މިއަދު ނުހައްގުން އަނިޔާ ދެމުންދަނީ އެ ކަންކަމާ ދެކޮޅަށް އެމަނިކުފާނު ނިކުންނަވާނެތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީން ޖަލަށްލާފައިވަނީ ނު ހައްގުން ކަމަށާ އެއީ ބަޔަކު ރާވައިގެން ދީފައިވާ އަނިޔާއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް އަނިޔާވެރިވި އެންމެންގެ މައްސަލަތައް ބަލާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ނުހައްގުން އަނިޔާވެރި ކަމާއެކީގައި މި ދޭ އަނިޔާ ބަލާ އެކަންކުރި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނަން. ރައީސް ސޯލިހު ގެންނަން ޖެހޭ. ރައީސް ސޯލިހު ރައީސް ޔާމީނަށް އަނިޔާ ކުރަނީ. ރައީސް ނަޝީދު އަނިޔާކުރަނީ. ޖޭއެސްސީގައި އިންނަވައިގެން ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރައީސް ސޯލިހް. މި ދެ މީހުން ގުޅިގެން ރައީސް ޔާމީނަށް އަނިޔާ ކުރަމުން މި ގެންދަނީ. ރައީސް ޔާމީން މިރާއްޖޭގެ ސިޔާސީ މައިދާނުން ގެއްލުވާލުމުގެ މަސައްކަތް ރޭވުންތެރިކަމާއެކު އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކީ ކުރަމުން މި ގެންދަނީ. މިއީ އިންޑިއާއިން ބޭނުން ވެގެން ކުރާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.