ހަބަރު

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން އަންހެނަކު ހައްޔަރުކޮށްފި

Oct 15, 2015
1

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 21 އަހަރުގެ އެ އަންހެން ކުއްޖާގެ އަތުން މަސްތުވާތަކެތިހުރި ތިން ޕެކެޓާއެކު ފެނުނު ކަމަށާއި އޭނާ ހައްޔަރު ކުރީ ވިލިމާލޭ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އަންގާރަ ދުވަހު ބޭއްވި އޮޕަރޭޝަނެއްގައި ކޮޓަރީގެ ތެރެއިން ކަމަށެވެ.

މަސްތުވާތަކެތީގެ ޕެކެޓްތައް ފެނިފައިވަނީ ފޯނެއްގެ ކަވަރު ތެރެއިންނެވެ. މި އަންހެން މީހާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.