ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރަޝިއާއިން ރާއްޖެ އަށް ބާއްވާ ފްލައިޓް އިތުރުކޮށްފި

Oct 17, 2020
1

ރަޝިއާގެ ވެރިރަށް މޮސްކޯ އިން ރާއްޖެއަށް ބާއްވާ އެއިރޯފްލޮޓްގެ ދަތުރުތައް އިތުރުކޮށްފި އެވެ.

ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މަންޒިލް ކަމަށްވާ ރަޝިއާއިން ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރު ކުރިކަން އިއުލާނުކޮށް "އެއިރޯފްލޮޓް" އިން ބުނި ގޮތުގައި ފްލައިޓުތައް އިތުރު ކުރުމާއެކު މިހާރު ހަފުތާއަކު ހަތަރު ފްލައިޓް އޮންނާނެ ކަމަށެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އެއިރޯފްލޮޓްގެ ދަތުރުތައް ފަށާފައިވަނީ 170 އަށްވުރެ ގިނަ ޓޫރިސްޓުންނާއެކުގަ އެވެ. މޮސްކޯ އިން ކުރާ ޝެޑިއުލް ޗާޓަރު ފްލައިޓް މިހާތަނަށް ބާއްވަމުން ދިޔައީ ހަފުތާއަކު ދެ ދުވަހު އެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ރަޝިއާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 74,000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޖުލައި މަހު ބޯޑަރު އަލުން ހުޅުވާފައިވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންނަށް 96 ގަޑިއިރު ޕީސީއާރު ނެގެޓިވް ރިޒަލްޓެއް އޮންނަން ޖެހެ އެވެ. މި ބަދަލާއެކު ފްލައިޓުތަކުގެ ފްރިކްއެންސީ ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް އެމިރޭޓްސް އިން ރާއްޖެ އަށް ބާއްވާ ފްލައިޓުގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އައިސްފައިވަނީ 22،000 އެއްހާ ޓޫރިސްޓުންނެވެ. ކުރިން ސަރުކާރުން ބުނެފައިވަނީ މި އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް މިހާރު ބުނަނީ އަންނާނެ ކަމަށް ބެލެވެނީ 100،000 އެއްހާ ޓޫރިސްޓުންނެވެ.