ކުޅިވަރު

އިންޓަ ބަލިކޮށް މިލާން އެއްވަނައަށް

މިލާން ޑާބީގައި، އިންޓަ މިލާންގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އޭސީ މިލާން ސެރީ އާގެ ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މިލާން އެއް ވަނައަށް ޖެހިލީ، މިލާން ޑާބީ މެޗުގެ ކުރިން ކުޅުނު އެޓަލާންޓާ އާއި ނަޕޯލީގެ މެޗުން، ނަޕޯލީ މޮޅުވުމުންނެވެ. ނަޕޯލީ މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. ޑާބީ މެޗުގައި މިލާން މޮޅުވުމުން އެ ޓީމުން ވަނީ ލީގްގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. އެއް ވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކު ޖުމުލަ 12 ޕޮއިންޓް ހޯދައިގެންނެވެ.

ކޮވިޑް-19 އިން ރަނގަޅު ވެގެން އައި ޒްލަޓާން އިބްރޮހިމޮވިޗް ކާމިޔާބު ކުރި ދެ ލަނޑާއެކު މެޗުގެ ކުރީގެ ކޮޅުގައި މިލާންއިން ލީޑް ނަގައި ލީޑް ފުޅާވެސް ކުރި އެވެ. ފުރަތަމަ ލަނޑު ޒްލަޓާން ކާމިޔާބު ކުރީ މެޗުގެ 13 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 16 ވަނަ މިނެޓްގަ އެވެ.

އިންޓަގެ ލަނޑު ރޮމެލޫ ލުކާކޫ ކާމިޔާބު ކުރީ މެޗުގެ 29 ވަނަ މިނެޓްގަ އެވެ. އެ ލަނޑަކީ މި ސީޒަންގެ ސެރީ އާ ގައި އޭސީ މިލާންގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކްރަޓޯނޭ އާއި ޔުވެންޓަސް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ސަމްޕްޑޯރިއާ އާއި ލާޒިއޯ ކުޅުނު މެޗު ސްމްޕްޑޯރިއާ މެޗު ކާމިޔާބު ކުރީ 3-0 ންނެވެ.