ހަބަރު

އައްޑޫއަށް ދެ މެގަވޮޓްގެ ދެ އިންޖީން މިއަހަރު ފަހުކޮޅުގައި ގެންނާނަން: ފެނަކަ

އައްޑޫއަށް ދެ މެގަ ވޯލްޓުގެ ދެ އިންޖީނު މިއަހަރު ފަހުކޮޅު ގެންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.

ސްޓެލްކޯގެ އިން ވަނީ މިއަހަރު އައްޑޫއަށް ދެ އިންޖީނު ގެނެސް އެ އިންޖީނުގެ ބޭނުން ކުރުމުގެ ކުރިން، މިނިވަން 50 ގެ ހަރަކާތް ތަކަށް ބޭނުން ކުރުމަށް މާލެ ގެނެއްސަ އެވެ. އެދެ އިންޖީނު މާލެ ގެނައީ މިނިވަން 50 ގެ ހަރަކާތްތަށް ބޭއްވި ދުވަސް ކޮޅު މާލޭގައި ކަރަންޓު ދިއުމުގެ މައްސަލަ ޖެހޭތީ އެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މަނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫއިން މާލެ ގެންދިޔަ ދެ އިންޖީނުގެ ބަދަލުގައި ސްޓެލްކޯ އިން އާ ދެ މެގަވޯޓުގެ ދެ އިންޖީނު ބޭރުން އޯޑަރު ކޮށްފައިވާނެ ކަމަށާއި އަދި މިއަހަރު ފަހުކޮޅު އެދެ އިންޖީނު އައްޑޫއަށް ގެންދެވޭނެ ކަމަށެވެ.

"މިނިވަން 50 ގަ ބޭނުން ކުރަން އައްޑޫ އިން ގެންދިޔަ ދެ އިންޖީނުގެ ބަދަލުގައި އާ ދެ މެގަވޯލްޓުގެ ދެ އިންޖީނެއް ސްޓެލްކޯ އިން ގެންނާނެ ކަމަށް އެފަރާތުން ބުނެ. އަދި ލަފާކުރާ ގޮތުން މިއަހަރު ފަހު ކޮޅުގައި އެދެ އިންޖީނު އައްޑޫއަށް ގެނެވޭނެ،" ނިމާލް ވިދާޅުވި އެވެ.

އެހެން ކަމުން ސްޓެލްކޯގެ ހަރަދުގައި ދެ އިންޖީނު ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިންޖީނު ގެނައުމަށް އަރާ ހަރަދެއް ސާފެއް ނުވެއެވެ.